- Advertisement -ad image

އޮޕަރޭޝަންތަކުގައި ހޯދާ ޑުރަގުސް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓް (ޑީއީޑީ)އިން ހިންގާ އޮޕަރޭޝަންތަކުގައި ހޯދާ މަސްތުވާތަކެތި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެ ފުލުހަކަށް ނުވަތަ އެހެން ފުލުހަކަށްވެސް ނޯންނާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މާލޭގައި ޕާޓީކުރަން ތިއްބައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޑީއީޑީގެ ސްޓޮކް ބެލެހެއްޓުމުގައި މަސައްކަތްކުރާ ފުލުހަކު ހިމެނޭކަން މީޑިއާއަށް ހާމަވުމާ ގުޅިގެން މިއަދު މީޑިއާއަށް ފޮނުއްވި މެސެޖުގައެވެ.
އެ މެސެޖުގައި ފުލުހުން ބުނެފައިވަނީ ޑުރަގު އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރުމާއި ގުޅިގެން ފުލުހަކު ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައި ކަމަށެވެ.
އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލައާއި އިދާރީ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކީ ޑުރަގު އެންފޯސްމަންޓްގައި އުޅޭ ފުލުހެއް ނަމަވެސް އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

އޭނާއަކީ ޑުރަގު އެންފޯސްމަންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމުގައި ހިމެނޭ ފުލުހެއް ނަމަވެސް ޑީއީޑީގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް އެ ފުލުހަށް ނުވަތަ އެހެން ފުލުހަކަށް ނޯންނާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ