- Advertisement -ad image

ބޮޑު ދުވަހެއް! ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑު ކުރަން ވޯޓަށް އެހުން ވަނީ އެޖެންޑާކޮށްފައި!

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) 8 އިންސައްތަ އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 އިންސައްތަ ބޮޑު ކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ވޯޓަށް އަހަން މިއަދު އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާ ފެށޭނީ ހެނދުނު ނުވައެއް ޖަހާއިރު ނަމަވެސް ކޮންމެ ޖަލްސާއެއްގައިވެސް ވޯޓަށް އެހުމަށް ހުރި ކަންކަމަށް ވޯޓަށް އެހުން އޮންނާ 13:30 ގައެވެ.

ސަރުކާރުގެ ފަރާތުން މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ޓެކްސް ބޮޑުކުރުމުގެ މި ބިލު ދިރާސާ ކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީންނެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ގޮތަށް މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ބިލު ފާސް ކޮށްފައެވެ.

މި ބިލުގެ ބަހުސް މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުންނާއި އިދިކޮޅު މަޖިލިސް މެންބަރުން ވަނީ ޓެކްސް ބޮޑު ކުރަން ހުށަހަޅާފައި ވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަދި މިއީ މިވަގުތު ކުރަން ރަނގަޅު ކަމެއް ނޫން ކަމަށް އެ މެންބަރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އެމްޑީޕީޔަކީ އޯގާތެރި ސަރުކާރޭ ހައްގުތަކޭ އިންސާފޭ ކިޔާ މީހުން ގުބޯ ހައްދަމުން ދިޔަ ޕާޓއެއް ކަން މިއަދު ވަރައްސާފު އެމްޑީޕީގެ މެޖޯރިޓީ އޮއް މަޖުލިހުން މިއަދު އެފާސް ކުރަނީ އަންނަ އަހަރު ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ރައްޔިތު ނިކަމެތި މީހާ ދަންޖައްސާ ފަވެސް އެމްޑީޕީގެ އިސް ސަފުގައި އެތިބަ ހާއިނުން ބަންޑުއަޅާނެ ލާރިގަނޑެއް ކައްވާލާނެ ބިލު ރައްޔިތުން މަރާފަވެސް މިހާއިނުން ބޭނުމީ ދައުލައް އެއްކޮއް ދަވާލަން ނުބައި ލުއްޗާތަކެއް މީ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ