- Advertisement -ad image

ގެއްލުނު ފަޅުވެރިޔާ ހޯދަން 900 ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލައިފި

ad image

ގުޅުންހުރި ލިޔުންތައް


ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން މިއަދު ވެސް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
ފުލުހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދަނީ ބިދޭއެއް ކަމަށެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން ގެއްލުނު މީހާ ހޯދުމަށް އާދިއްތަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް 900 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައި ކަމަަށް އެމްއެންޑީއެފުން ހާމަކުރެއެވެ.


އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ މީހާ ފެނިފައެއް ނުވެއެވެ. މި މީހާ ހޯދުމުގެ މަސައްކަތް މިއަދު ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ