- Advertisement -ad image

އުނގޫފާރު ފުޓްސަލްކަޕް ހަމަނުޖެހުން: 14 އަހަރުގެ ކުއްޖަކާ 39 އަހަރުގެ އަންހެނަކަށް އަނިޔާވެ ފަރުވާ ދީފި

ad image

ގުޅުންހުރި ލިޔުންތައް

އާދިއްތަ ދުވަހު ހަވީރު ރ އުނގޫފާރުގައި ކުޅުނު ރ އަތޮޅު ފުޓްސަލް ކަޕްގައި ދުވާފަރު އިނގުރައިދޫ ބައްދަލުކުރި މެޗްގައި ހިނގި ހަމަނުޖެހުމުގައި ޖިސްމާނީ އަނިޔާވީ ދެ މީހަކަށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި ޖިސްމާނީ އަނިޔާވީ 14 އަހަރުގެ ފިރިހެން ކުއްޖަކަށާއި 39 އަހަރުގެ އަންހެނަކަށް ކަމަށެވެ.
އަދި މީގެ އިތުރުންވެސް 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީގެ މީހުން ހިމެނޭހެން އިތުރު 14 މީހަކަށް ފަރުވައިދީފާވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
އެމީހުންނަށް ފަރުވައިދީފާ ވަނީ ހަމަނުޖެހުމުގެ ސަބަބުން ބިރުގަތުމާއި ބޮލަށް އެނބުރުން އެރުން ފަދަ ކަންކަން ދިމާވެގެން ކަމަށްވެސް ފުލުހުން ބުނެއެވެ. ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ