- Advertisement -ad image

ވަގު ޑޮލަރުން ފޯނެއް ގަންނަން އުޅުނު މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

ad image

ގުޅުންހުރި ލިޔުންތައް

ވަގު ޑޮލަރު ބޭނުންކޮށްގެން ފޯނެއް ގަންނަން އުޅުނު ދިވެހި ފިރިހެނަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސައްހަނޫން ޑޮލަރުތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން މޮބައިލް ފޯނެއް ގަންނަން އުޅުނު 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި މާލެއިންނެވެ.
މައްސަލައާއި ގުޅިގެން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް މިއަދު ކޯޓުންދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ