- Advertisement -ad image

މެންބަރުން މަދުވުމުން ޓެކްސް ބިލަށް މިއަދު ވޯޓަށް ނޭހުނު

ad image

ގުޅުންހުރި ލިޔުންތައް

މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެންބަރުންގެ އަދަދު މަދުވުމުން ޓެކްސް ބިލަށް ވޯޓަށް ނާހާ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.
މަޖިލީހުގެ މެންދުެުރު ފަހުގެ ދަންފަޅި ފަށާފައިވަނީ އެކެއް ޖެހިއިރުއެވެ. އެވަގުތު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފުއެވެ.
މިއަދު ޖަލްސާގައި ޓެކްސް ބިލަށް ވޯޓަށް އަހާނެ ކަމަށް ބަލައި ސަރުކާރަށް ތާއީދުކުރާ ރައީސް ސާލިހު ފެކްޝަނުގެ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ ޖަލްސާގެ މި ދަންފަޅިއަށް ވަޑައިގަންފައެވެ.
ނަމަވެސް ރިޔާސަތުގައި އިންނެވި މެންބަރު އަފީފު ވިދާޅުވީ ޓެކްސް ބިލަށް ވޯޓަށް އެހޭނެ މިންވަރަށް ޖަލްސާގައި މެންބަރުން ނެތުމުން މިއަދި އެވޯޓު ނުނެގޭނެކަމަށެވެ.
މިކަމާ ސަރުކާރަށް ތާއިދުކުރާ މެންބަރުން ނުރުހުންވެސް ފާޅުކުރިއެވެ. ހާޒިރުވެ ތިއްބެވި މެންބަރުންގެ އަދަދެއް ރިޔާސަތުން އިއުލާނެއް ނުކުރައްވައެވެ. ނަމަވެސް ގަވައިދު ބުނާ ގޮތުން ވޯޓަށް އެހުމަށް 58 މެންބަރުން ތަޅުމުގައި ތިއްބަވަން ޖެހޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ