- Advertisement -ad image

ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން އުޅުނީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ހަމަލާއެއް ދޭން: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް


ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުން އުޅުނީ ރާއްޖޭގައި ގޮވާތަކެތި ބޭނުންކޮށްގެން ފުރާނައަށް ނުރައްކާވާ ހަމަލާއެއް ދިނުމަށް ކަމަަށް ފުލުހުން ބުނެފިއެވެ.
ނޫސްވެރިންނަަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ފަށާފައިވާ އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޮޕަރޭޝަންގައި އައްޑޫއިން 10 މީހުން ހައްޔަރުކޮށް 11 ގެއެއް ވަނީ ބަލާ ފާސްކޮފައެވެ. ހައްޔަރު ކުރި އެންމެނަކީވެސް އައްޑޫސިޓީއަށް ނިސްބަތްވާ މީހުން ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
ހައްޔަރު ކުރި 14 މީހުންގެ ތެރެއިން 9 މީހުންނަކީ ޓެރަރިޒަމް މައްސަލަތަކުގެ ރެކޯރޑް އޮތް މީހުން ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
އޮޕަރޭޝަންގައި މާލެއިން ދެމީހުން ހައްޔަރުކޮށް 4 ގެެއެއް ވަނީ ބަލާ ފާސްކޮށްފައެވެ. ފާސްކުރި ބައެއް ތަންތަނުން ގޮވާ ޒާތުގެ ތަކެތި ފެނުނުއިރު އެތަކެތި މިހާރު އަންނަނީ ތަހުލީލު ކުރަމުން ކަަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ