- Advertisement -ad image

ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ފުރަތަމަ ފަހަރަށް މެތޯފަން އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް


މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަން ފުރަތަމަ ފަހަރަށް ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ބަހުރެއިން އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މިގޮތުން 17 ސެޕްޓެމްބަރު 2022 ގައި ބަލާ ފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތޯފަންއަށް ޕޮޒޮޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މިމައްސަލާގައި އަތުލައިގަން މަސްތުވާތަކެތީގެ ބަރުދަނުގައި 604.50 ގުރާމް ހުރި ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ