- Advertisement -ad image

މާލީ އަނދަވަޅު ކޮންނާކަަށް ވެރިކަން އަބަދަކު ނޯންނާނެ: ޒަރިޔަންދު

ad image

ގުޅުންހުރި ލިޔުންތައް

މާލީ އަނދަވަޅު ކޮންނަން ވެރިކަން އަބަދަކު ނޯންނާނެ ކަމަށް ވިދާޅުވެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޒަރިޔަންދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ޒަރިންދު މިހެން ވިދާޅުވެފައިމިވަނީ މުދަލާ ހިދުމަތުގެ އަގުންނަގާ ޓެކުހުގެ އިތުރުން ޓުއަރިޒަމް ދާއިރާއިންނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާތީއެވެ.
އެގޮތުން ޒަރިޔަންދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖީއެސްޓީ މަތިކުރާ ބިލަށް ތާއީދުކޮށް ވޯޓުދޭނީ، ދިވެހިރައްޔިތުންނާއިމެދު އެއްވެސް ވިސްނުމެއް ނުބަހައްޓާ ރައްޔިތުންނަށް ތަކުލީފު ބޮޑުކުރާ ޤައުމުގެ ޤައްދާރުން ކަމަށެވެ.
‏” މި މާލީ އަނދަވަޅު ކޮންނާކަށް މި ވެރިކަމެއް އަބަދަކު ނޯންނާނެ.
‏އެ މެމްބަރުން އަބަދަކު މަޖިލީހަކު ނުތިބެވޭނެ” ޒަރިންޔަންދު ވިދާޅުވެފައިވެއެވެ.
ޓެކްސް ބޮޑު ކުރާ ބިލު މަޖިލީހަށް ސަރުކާރުން ހުށަހަޅާ ފާސްކުރުމަށް މަސައްކަތް ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ