- Advertisement -ad image

އަހަރުމެނަށް ‘ރަބަރު ތަތްގަނޑަށް’ ގޮވި މީހުން މުލިއާގެއިން ނިކުންނަން ފަށައިފި: ޝުޖާއު

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުالله ޔާމީނުގެ ވެރިކަމުގައި އެޕާޓީގެ ތަމުސީލު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ”ރަބަރު ތައްގަނޑަށް“ ގޮވި މީހުން މިހާރު މުލިއާގެއިން ނިކުންނަަަން ފަށާފައިވާ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާަޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރައްވާ ގޮތާއި ހިތްހަމަނުޖެހިގެން އިއްޔެގެ މަޖިލީހުގެ ޖަލްސާއަަށް ފަހު ރައީސް ސާލިހަށް ތާއީދު ކުރައްވާ އެމްޑީޕީގެ މެންބަރުން މުލިއާގެއަށް ވަޑައިގަތުމުންނެވެ.
‏ޝުޖާ ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން ރަބަރު ތައްގަނޑުވެގެން ބުރިޖަކާ، 25 ބުރީގެ ހޮސްޕިޓަލަކާ، މާސިންގާ އެއަރޕޯޓަކާ، 14 ހާހަަށްވުރެ ގިނަ ފުލެޓާ 104 ހާސް ވަޒީފާ އުފައްދި ކަމަށެވެ.
‏ނަމަވެސް އެމްޑީޕީގެ ރަބަރު ތައްގަނޑުތައް ފެލަނީ ރައްޔިތުން ކަމަށް ޝުޖާ ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މުދަލާ ހިދުމަތުގެ އަގުންނަގާ ޓެކްސް ބޮޑު ކުރާ ބިލަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުން ވަނީ މިއީ ޓެކުސް ބޮޑު ކުރަން އެންމެ ރަނގަޅުވަގުތު ނޫން ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ބިލް ފާސްކުރަންޖެހޭ ކަމަށް ބަހުސް ކުރެއްވީ ރައީސް ސާލިހަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންނެވެ.
ބިލްގެ ބަހުސް ނިންމާ ވޯޓަށް އަހަން މަޖިލީހުގެ ތަޅުމުގައި އޮންނަތާ ދެ ދުވަސް ވެގެންދިޔައިރު މި ބިލަށް ވޯޓަށް އަހާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ހިފައިގެން މެންބަރުން ވަނީ އަންގާރަ ދުވަހު ރައީސް ސާލިހާއު ބައްދަލުކުރެއްވުމަށް މުލިއާ ގެއަށް ވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ