- Advertisement -ad image

‘ ބައެއް މެންބަރުންގެ ފައިގާ ޖަހާފައިވާ ވަލަށް ރައީސް އޮފީހުން ދަމާލުމުން ކަންވޭ ‘ – އާޒިމް

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ފައިގާ ޖަހާފައިވާ ވަލަށް ދަމާލީމައި އެގޮތަކަށް މެންބަރުން ކަންތައްތައް ކުރާ އުސޫލުން ރައްޔިތުންގެ މަޖިލީހުގައި ކަންކަން ކުރަމުން އަންނަ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި އަލީ އާޒިމް މިހެން ވިދާޅުވީ، ސަރުކާރު އޮފީސްތައް، އަމިއްލަ މީހުންގެ އިމާރާތްތަކުގައި ހިންގަމުން ދާތީ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އާޒިމް ވިދާޅުވީ، އެމްޑީޕީގައި ތިބި ރައީސް ސާލިހު ކުރައްވާ ކަންކަމަށް ތާއީދު ކުރައްވާ މެންބަރުންގެ ޝަރުތުތަކެއް ހުންނަ ކަމަށާއި އެގޮތުން އެމެންބަރެއްގެ އަނތްބަކަށް، ދަރިއަކަށް، ފިރިއަކަށް ނުވަތަ އާއިލާ މެންބަރަކަށް ސިޔާސީ މަގާމެއް ދޭންޖެހޭ ކަމަަސެވެ.
އަދި ދެވަނަ ޝަރުތަކީ ކޮންމެވެސް ރަނގަޅު ޕްރޮޖެކްޓެއް މެންބަރަކަަށް ނުވަތަ އެ މެންބަރަކު ހިއްސާވާ ކުންފުންޏަކަށް ލިބިފައިވުން ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

އާޒިމު ވަނީ މަޖިލީހުގައި ތިބި އެފަދަ މެންބަރުންގެ ހަތަރެސްފައި އޮންނަނީ ރައީސް އޮފީހުގައި ބަނދެފައި ކަމަށް ތުހުމަތު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ