- Advertisement -ad image

ހެޔޮވެރިކަން: ރައްޔިތުން އަތުން އިތުރަށް ޓެކްސް ނެގުމަށް ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުން އަތުން ބޮޑުކޮށް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.
ޓެކްސް ގާނޫނަށް އަންނަ ބަދަލާއެކު ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.

ބިލް ފާސްކުރީ މަޖިލިހަށް ހާޒިރުވެ ވަޑައިގަތް 82 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 26 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. 

މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ވަގުތު މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގާއި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގެންދެވީ ޖަލްސާ ކުރާ މާލަމުގައި އިހްތިޖާޖު ކުރައްވަމުންނެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ