- Advertisement -ad image

ވައިގެމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ބްރެޒިލް އިން ރާއްޖެ އައި އެޤައުމުގެ ރައްޔިތެއްގެ އަތުން ޖުމްލަ 4.460 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި.
މަސްތުވާތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ނޮވެންބަރު 9 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނަކާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން، އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން (Cocaine)އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.460 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ފަނަރަ މިލިއަން ރުފިޔާއަށް އަރައެވެ.
މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 10 ވަނަ ފަހަރެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 17 ކިލޯގެ ކޮކެއިން ވަނީ އަތުލައިގަނެވިފައި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކޮށްފައި ކަމަަށްވެސް ކަސްޓަމްސްއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ