- Advertisement -ad image

ސޯލިހުގެ ވެރިކަމަށް 4 އަހަރު: މިއަށްވުރެ ތާކުން ތާކުނުޖެހޭ ވެރިކަމެއް ދިވެހިން އަދި ނުދެކޭ!

ad image

ގުޅުންހުރި ލިޔުންތައް


އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކޮށް ރައީސުލްޖުމުހޫރިއްޔާގެ މަގާމާ އިބްރާހިމް މުހައްމަދު ސާލިހު ހަވާލުވެވަޑައިގެންނެވިތާ ހަތަރު އަހަރު ފުރުނީއެވެ.
ތަކެތީގެ އަގު އުފުލި ރައްޔިތުންގެ ޖީބުތައް ހުސްވެއްޖެއެވެ. ކުދި ވިޔަފާރިތައް މުޅިން ބަނގުރޫޓުވެ ނިކަމެތި މީހާ ސަލާން ޖަހަން ނިކުންނަ ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ.
ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ވެރިކަމަށް 4 އަހަރު ވީއިރު މިއަށްވުރެ ތާކުންތާކުނުޖެހޭ ވެރިކަމެއް އަދި ފެނިވަޑައިނުގަންނަ ކަމަށެވެ.

‏’ ވެރިކަމަށް ހަތަރު އަހަރު ވީއިރު ސަލާމަތާއި ރައްކާތެރިކަން ސުމެއް.
‏ޤައުމުގެ ސަރަޙައްދާއި ބިން ވިއްކާލައިފި. ޑިމޮކްރެސީ ނޭވާހޮޅީގައި، ކޮރަޕްޝަން މެދުއުޑުގައި، ދީނަށް ބިރުބޮޑުވެ، މުންކަރާތް ޢާންމުވެއްޖެ’. ޑރ ޖަމީލް ވިދާޅުވިއެވެ.
ޑރ ޖަމީލް އިތުރަށް ވިދާޅުވީ ނިމިގެން މިދިޔައީ ފާސިގު ހަތަރު އަހަރު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ