- Advertisement -ad image

އުކުޅަހު ސްކޫލްގެ ތިން މުދައްރިސުން ސަސްޕެންޑުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އއ އުކުޅަހު ސްކޫލްގެ ތިން މުދައްރިސުން ހަތް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
އެގޮތުން އެ މިނިސްޓްރީން ބުނީ މުދައްރިސުން ސަސްޕެންޑް ކުރީ ސްކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވަމުންދާތީ ކަމަށެވެ.

އެޑިއުކޭޝަނުން އިތުރަށް ބުނީ މުދައްރިސެއްގެ ވަޒީފާގެ މައިގަނޑު މަސްޢޫލިއްޔަތަކީ އަދި ޒިންމާއަކީ ޤައުމީ މަންޙަޖާ އެއްގޮތަށް ޙަވާލުކުރެވޭ ކީސްޓޭޖެއްގެ/ގްރޭޑެއްގެ ދަރިވަރުންނަށް ޤައުމީ މަންހަޖުގައި ބަޔާންކުރާ ލަނޑުދަނޑިތައް ހާޞިލްވާނެހެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން ކަމުގައިވީ ހިނދު، އެކަންކަން ހާޞިލްކުރުމަށް ދަރިވަރުންނަށް ރާވައި ހިންގޭ ހަރަކާތްތަކުގެ ތެރެއިން ބައެއްކަންކަމަށް ފާޅުގައި ދެކޮޅުހަދައި އެކަންކަން ކުރުމަށް އިންކާރުކޮށް، އެކަމުގައި ސްކޫލުން އަންގާ އެންގުންތަކަށް ނުކިޔަމަންތެރިވެފައިވާތީ، މި މައްސަލައިގެ އިދާރީ ތަޙުޤީޤު ހިންގުމަށްޓަކައި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގެ ދަށުން، 17 ނޮވެންބަރު 2022 އިން ފެށިގެން 7 ދުވަހުގެ މުއްދަތަށް، އުކުޅަހު ސުކޫލުގެ 3 މުދައްރިސަކަށްވަނީ އޮފީހަށް ނިކުތުން މަނާކުރެވިފައިވާ ކަމަށެވެ

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ގައުމީ މަންހަޖައް ކުދިން ހޭނީތީވެ މިހާރަނގަޅު މުޖުތަމައެއް މިއޮތީ ބިނާވެފައި..ވައްކަމައި ޑުރަގައި މާރާމާރީ ކޮރޕްޝަނާއި މިސްކިއްތަކުން ފެންނަޒުވާނުން މަދުވުން މިއީ ގައުމީ މަންހަޖު.. މަންހަޖު ކިޔަވައިގެން ހުރި ކަމަނާޔައް އިލާހެއް ރަސޫލެއް ވަކިނުވާ ދަރަޖައައް މަންހަޖު ކިޔެވިފައި ހުރީ..

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ