- Advertisement -ad image

އިތުރު 160.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނަން ކޮމިޓީން ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޕީއެސްއައިޕީއަށް ހުށަހެޅުނު އިސްލާހުތަކާއެކު އިތުރު 160.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނަން ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓަށް މި އަދަދު އިތުރުކުރަން ނިންމީ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ކުރިޔަށް ގެންދިޔަ ދިރާސާތަކަށް ފަހު އެވެ.
އެގޮތުން ކޮމެޓީގެ އަޣްލިބިއްޔަތުން ވަނީ އެ އިސްލާހުތަކާއެކު ޖުމުލަ 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސް ކޮށްފައެވެ.

އިތުރު ހުށަހެޅުންތަކާއި، ރިކޮމެންޑޭޝަންތަކާއެކު ކޮމިޓީން ބަޖެޓު ފާސްކުރުމުން، ދެން ބަޖެޓު ދާނީ މަޖިލީހުގެ ތަޅުމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓަށް ކޮމިޓީން ޖުމްލަ ތިން އިސްލާހެއް ގެންނަން ހުށަހަޅާފައިވެއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ބަޖެޓް ފާސްކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަސް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ