- Advertisement -ad image

13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހަ މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މާލެ އާއި ހުޅުމާލެ ބަލާ ފާސްކޮށް ފުލުހުން ހޯދި 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހަ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހަމައެކަނި ބުނީ މާލޭގެ ދެ ގެ އަކާއި ހުޅުމާލޭގައި ހިންގާ ގެސްޓްހައުސްއެއް ބަލައި ފާސްކުރުމަށްފަހު ހޯދި ހަ ލައްކަ ރުފިޔާ އާއި އަދި 13 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރީ ހަ ފިރިހެނުން ކަމަށެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓް(ޑީއީޑީ) ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތީ 13.56 ކިލޯގެ ޑްރަގާއި 644،020 ރުފިޔާއެވެ.
ފާއިތުވި ހަތަރު އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މިބާވަތުގެ މައްސަލަތަކުގައި ފުލުހުން ވަނީ 11،000 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 6165 މައްސަލާގައި 11،955 މީހުން ހައްޔަރުކޮށްފައިވެއެވެ. އެއީ 10497 ދިވެހިންނާއި 781 ބިދޭސީންނެވެ. އޭގެތެރޭގައި ފިރިހެނުންގެ އިތުރުން 18 އަހަރުން ދަށުގެ 261 ކުދިންނާއި 416 އަންހެނުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ