- Advertisement -ad image

މެންބަރުން ބަޖެޓަށް އިސްލާހު ހުށަހަޅަން ތިން ދުވަހުގެ މުއްދަތެއް!

ad image

ގުޅުންހުރި ލިޔުންތައް


އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަަށް ހުށަހަޅާފައިވާ ބަޖެޓަށް މެމްބަރުންނަށް އިސްލާހު ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި މުއްދަތު ދިނުމަށްފަހު އިސްލާހުތަކާއިއެކު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ފަށާނެއެވެ.
އެއަށްފަހު ތަޅުމަށް ބަޖެޓު ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށްފަހު ބަޖެޓާއިމެދު މެމްބަރުންނަށް ބަހުސް ކުރުމަށް 7 މިނިޓްގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ރިޔާސަތުންވަނީ ނިންމާފައެވެ. އަދި ބަހުސްއަށްފަހު މަޖިލީހުން ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއި ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ކޮމެޓީން ބަޖެޓު ފާސްކޮށްފައިވަނީ ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއިއެކު 160 މިލިޔަން ރުފިޔާ އިތުރުކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ