- Advertisement -ad image

ޓެރަރިޒަމްގެ އޮޕަރޭޝަނުގައި ހައްޔަރު ކުރި ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

ad image

ގުޅުންހުރި ލިޔުންތައް


ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ޓެރަރިޒަމް އޮޕަރޭޝަނުގައި ހައްޔަރުކުރި 14މީހުންގެ ތެރެއިން ބައެއް މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން 18އަހަރާއި 33 އަހަރުގެ ދެ މީހުން އަދި 35 އަހަރުގެ އަދި 46 އަހަރުގެ މީހާއަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ވަނީ ދީފައި ކަމަށެވެ.

މީގެ އިތުރުން 19 އަހަރުގެ، 27 އަހަރު ގެ ދެ މީހުން އަދި 28 އަހަރުގެ މީހާއަށް 30 ދުވަހުގެ ބަންދުގެ މުއްދަތުވަނީ ދީފައެވެ.

20 އަހަރާ 27 އަހަރާއި 30 އަހަރާއި 35 އަހަރު އަދި 37 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ފަށާފައިވާ ޓެރަރިޒަމް އޮޕަރޭޝަނަކީ، ޓެރަރިޒަމާ ދެކޮޅަށް މިމަހުގެ 11ވަނަ ދުވަހު ފެށި އޮޕަރޭޝަނެކެވެ. މިއީ އެއްޗެއް ގޮއްވާލައިގެން ގިނަ ބަޔަކު މަރާލުމުގެ މަޤްޞަދުގައި ދޭން އުޅުމުން އެ ހަމަލާއެއް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ވަނީ މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައެވެ. އެމީހުން މަސައްކަތް ކޮށްފައިވަނީ އައިސިސް ޖަމާޢަތާއި ގުޅިގެން ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއްދީ ގިނަ ބައެއްގެ ފުރާނަ ގެއްލުވާލުމަށްކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ