- Advertisement -ad image

މާލޭގެ ދިހަ ސަރަހައްދެއްގައި ވޯލްޑްކަޕްގެ މެޗްތައް ބެލުމަށް ބޮޑު ސްކްރީން ބަހައްޓަން ހުއްދަދީފި

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ ދިހަ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓައިގެން، މިރޭ ފެށޭ ވޯލްޑްކަޕް ފުޓް ބޯޅަ މުބާރާތުގެ މެޗްތައް ބެލުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދީފިއެވެ.
އެގޮތުން މިހާރު ހުއްދަ ދީފައިވަނީ،
ގަލޮޅު ސިޓީ ޕާރކް
ޗާންދަނީ މަގު ވޮއްކޮޅު ގޯޅި
އާރޓިފިޝަލް ބީޗް
މާލެ މަސްމާރުކޭޓު ސަރަހައްދު
އިއްޒުއްދީން މަގު އަދި ސަބުދެލި މަގު ގުޅޭ ކަންމަތި
ލައިމޫން ކެފޭ ކުރިމަތި
އަބަދަށް އުފާ މަގު އަދި ތަނޑިރަތްމާ ގޯޅި ކަންމަތި
ވީއާރު ކެފޭ ހިންގަމުންދާ ގާކޮށީގެ އައުޓުޑޯ އޭރިއާ
އެސްޓީއޯގެ އިމާރާތް ހުންނަ ވެސްޓް ޕާރކް ސަރަހައްދު
ނިޔަދުރު ގޯޅި
މާފަންނު ޗަނބޭލީ މަގެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން މަގު ބަންދުކުރުމުގައި އަމަލުކުރަމުން ދާނީ މެޗް ފެށުމުގެ 30 މިނިޓް ކުރިން ފެށިގެން މެޗް ނިމި، އިތުރު 30 މިނިޓާއި ހަމައަށް ކަމަށެވެ. މެޗް ނިމުމަށްފަހު ބަންދު ކުރެވިފައިވާ ސަރަހައްދު ދަތުރު ފަތުރު ކުރެވޭނެ ފަދަ ހާލަތަށް ގެނެސް ދެންވާނެ ކަމަށާއި އަދި މެޗު ފެށުމުގެ މާ ކުރިން ވެސް ސަރަހައްދު ބަންދު ކޮށްގެން ނުވާނެ ކަމަށް ސިޓީ ކައިލުންސިލުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ