- Advertisement -ad image

އަނެއްކާވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ ކ.ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ފޯރުކޮށްދިނީ “އަސަރީ” ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.
އަދި، އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ “އެފްއައިސީ ހަކުރާ” އެ ސަރަޙައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދުގެ 17:25 ހާއިރު ވަނީ ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި މަސްބޯޓު މާލެ ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން ވަނީ “އަސަރީ” ދޯނީގެ ކެޕްޓަނާއި ފަޅުވެރީން މި ބޯޓު ހޯދުމަށް ދެއްވެވި އެހީތެރިކަމަށާއި، ދިވެހި މަސްވެރީންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ