- Advertisement -ad image

ގަބޫލުކުރިއަސް ނުކުރިއަސް މިހާރުވެސް ތަކެތީގެ އަގު އެތައް ގުނައެއް އުފުލިއްޖެ: އަލީ އާޒިމް

ad image

ގުޅުންހުރި ލިޔުންތައް


ޑޮލަރުގެ އަގު އުފުލުމާ ޖީއެސްޓީ ބޮޑުކުރުމާއި ގުޅިގެން ގަބޫލުކުރިއަސް ނުކުރިއަސް ތަކެތީގެ އަގު ދަނީ އުފުލެމުން ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަލީ އާޒިމް ވިދާޅުވީ، އަދި ޖަނަވަރީ އެކެއް ނާންނ ކަމަށާއި ޒަރޫރީ ބޭނުންތަކަށް ދިވެހި ރައްޔިތުން ބޭނުންކުރަމުންދާ ވަރަށް ގިނަ ބާވްތަކުގެ އަގު މިހާރުވެސް ހުރީ އުފުލިފައި ކަމަށެވެ.
“ އަޅުގަނޑުމެން ކޮންމެ ގޭބިސީއެއްގައި ގާތްގަނޑަކަށް ބޭނުންކުރާނެ ސަންކުއިކް ޖޫސްފުޅިއެއް. އެ ޖޫސްފުޅީގެ އަގަކީ 80 ރުފިޔާ. އެހެންނަމަވެސް އަޅުގަނޑުމެން ޖީއެސްޓީއަށް ގެނައި ބަދަލާއެކު ޖަނަވަރީ އެކަކުން ފެށިގެން އެ ޖޫސްފުޅީގެ އަގު 95 ރުފިޔާ އަށް ނުވަތަ 97 ރުފިޔާ އަށް އަރައިގެންދާނެ “ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މާހިރުން ބުނާ ގޮތުން ޖެނުއަރީ 2023 އިން ފެށިގެން ޑޮލަރުގެ އަގު 18 ރުފިޔާ އަށް އަރައިގެންދާނެ ކަމަށެވެ. މަޖިލީހުގައި ވާހަކަ ދައްކަން ޖެހޭނީ އަމިއްލަ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށާއި މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުން ޖުމުލަ ގޮތެއްގައި މުޅި ރާއްޖޭގެ ރައްޔިތުންނަށް އޮތީ ކަންބޮޑުވުން ކަމަށެވެ.
“ ދަރަނި އެހާމެ ބޮޑުކޮށް އޮތީ. ދެކޮޅު ޖެހޭ ގޮތަކަށް ނޫން. ދައުލަތަށް ލިބޭނެ ކަމަށް މިދިޔައަހަރުވެސް މިއަހަރުވެސް އަންދާޒާ ކުރި އަދަދާ ގާތަށްވެސް ލިބެމަކުން ނުދޭ “ އާޒިމް ވިދާޅުވިއެވެ.

މިހުރިހާ ކަމަކާއެކު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މަޖިލީހުގައި ހޭވެސް އަހާނުލާ ހަ ބިލިޔަން ރުފިޔާ ހަރަދުކޮށް މި އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުން ކަމަށް އާޒިމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ