- Advertisement -ad image

ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ޖަލަަށް މަސްތުވާތަކެތި ވައްދާ ކަމަށް ޝައްކު ކުރެވިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ޖަލު އޮފިސަރެއް ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖަލަށް މަނާތަކެތި ވައްދާ ކަމަށް ޝައްކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ އެށަރވިސްގެ އޮފިސަރެށް މަސްތުވާ ތަކެއްޗާއި އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ކަމަށެވެ.
މިކަމާ ގުޅިގެން މި އޮފިސަރު ވާނީ ވަޒީފާއިން ސަސްޕެންޑު ކުރެވިފައި ކަމަަށް ވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވިއެވެ.
މަސްތުވާތަކެތި ޖަލަަށް ވައްދަން އުޅެނިކޮށް ހައްޔަރުކުރީ ކޮން ޖިންސެއްގެ އަދި ކޮން މަގާމެއްގެ އޮފިސަރެއް ކަމަށް ކޮމިޝަނަރ ވިދާޅެއްނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ