- Advertisement -ad image

ރިޒާވުގައި ހުރި އަދަދު ސާފުކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ދައުލަތުގެ ރިޒާވުގައި ހުރި މިންވަރު ސާފުކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި، އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރ އާދަމް ޝަރީފް އުމަރުއެވެ.

އެގޮތުން މެންބަރު އާދަމް ޝަރީފު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް މިވީ ހަތަރު އަހަރު ދައުލަތް ހިންގުމުގެ ހަރަދު އިންތިހާއަށް ބޮޑުވުމާއި، އަދި ދައުލަތުގެ މާލިއްޔާ ޒިންމާދާރުކަމާއެކު ނުބަލަހައްޓާ ކަމުގެ ތުހުމަތުތައް ސަރުކާރަށް އަމާޒުވަމުންދާ ކަމަށެވެ. އަދި މާލީ ހާލަތާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު، ސައްހަ މައުލޫމާތު ހާމަކުރަމުން ނުދާތީ މެންބަރު އެދިވަޑައިގަތީ ރިޒާވްގައި ހުރި ފައިސާގެ އަދަދު ހާމަކުރެއްވުމަށެވެ.

އާދަމް ޝަރީފް ހުށަހެޅުއްވީ އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓް މަޖިލީހުން ފާސްކުރުމުގެ ކުރީގައި ރިޒާވްގައި ހުރި މިންވަރު ހާމަކޮށްދެއްވުމަށެވެ.

މި ހުށަހެޅުމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޒާވްގައި ހުރި އަދަދު އެނގިވަޑައިގަންނަވާ ކަމަށާއި އެ އަަދަދުތައް ހާމަކުރައްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ