- Advertisement -ad image

ރައްޔިތުންގެ ޖީބަށް ބާރުބޮޑުވާ ގޮތަަށް ފާސްކުރި ޓެކްސް ބޮޑުކުރާ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ ޖީބަށް ބާރުބޮޑުވާ ގޮތަށް ސަރުކާރު މަޖިލީހަށް ހުށަހެޅި ޓެކްސް ބޮޑު ކުރާ ބިލު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވައިފިއެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.
މި ބިލް ފާސްކުރީ މިމަހުގެ 16 ވަނަ ދުވަހުއެވެ.
ޓެކްސް ގާނޫނަށް އަންނަ ބަދަލާއެކު ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުވާނެއެވެ.
އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.

ބިލް ފާސްކުރީ މަޖިލިހަށް ހާޒިރުވެ ވަޑައިގަތް 82 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 26 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މިއާއެކު މިހާރު 6 ރުފިޔާއަށް ލިބޭ މަމީ ނޫޑްލްސް ޕެކެޓެއް ޖޖެނުއަރީ 2023ގެ ފަހުން ލިބޭނީ 12 ރުފިޔާ އަށް ކަމަށް ބެލެވެއެވެ.
އަދި ސަންކުއިކު ޖޫސްފުޅިއެއް 85 ރުފިޔާއަށް މިހާރު ގަންނަންލިބުނަސް ޖެނުއަރީ 2023 ފެށިގެން ޖޫސްފުޅިއެއްގެ އަގު 95 ރުފިޔާ ނޫނީ 97 ރުފިޔާއަށް އަރައިގެންދާނެ ކަމަށް ބެލެވެއެވެ.
އަދި މާހިރުން ބުނާގޮތުން ޑޮލަރުގެ ކަޅުބާޒާރުގެ އަގު އުފުލި 18 ރުފިޔާއަށް ޑޮލަރެއްގެ އަގު އަރައިގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ