- Advertisement -ad image

ޓެރަރިޒަމް އޮޕަރޭޝަން: ހައްޔަރު ކުރި މީހުންގެ ގެތަކުން ބާރުގަދަ ގޮވާތަކެތި ހަދާ ކެމިކަލް ފެނުނު: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް


ސަލާމަތީ ބާރުތަކުން ގުޅިގެން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުގައި އައްޑޫ ސިޓީން ހައްޔަރު ކޮށްފައިވާ 14 މީހުންގެ ގެތައް ފާސްކުރިއިރު ބާރުގަދަ ގޮވާތަކެތި ތައްޔާރު ކުރާ ކެމިކަލް ފެނުނު ކަމަަށް ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި އޮޕަރޭޝަނުގައި ހައްޔަރު ކުރެވުނު މީހުންގެ ގެތަކުންނާއި، މިފަރާތްތައް ބޭނުންކުރަމުންދާ ބައެއް ގެތަކާއި، ބައެއް ވެހިކަލްތަކާއި، ޑިންގީއެއް ބަލާ ފާސްކޮށް، މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ނެގިފައި ކަމަށެވެ.
އަދި މިތަކެތި ތަހުލީލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށާއި މިގޮތުން މިމައްސަލާގައި ހައްޔަރު ކުރެވުނު މީހެއް ދިރިއުޅޭ ގެއެއް ބަލާ ފާސްކޮށް ނެގުނު އެކްސްޕްލޯސިވް ކެމިކަލްކަމަށް ޝައްކު ކުރެވޭ ތިން ބާވަތެއްގެ ސާމްޕަލް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ގެ ފަރާތުން ޗެކުކުރުމުން އެ ސާމްޕަލްތަކުގައި ހައި އެކްސްޕްލޯސިވްގެ މާއްދާތައް ހިމެނޭ ކަމަށް ވަނީ ދައްކާފައި ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ މިގޮތުން ސާމްޕަލްތަކުން ފެނުނު ހައި އެކްސްޕްލޯސިވްގެ ބާވަތްތަކަކީ މައިގަނޑު ގޮތެއްގައި ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ހައި އެކްސްޕްލޯސިވްގެ ވައްތަރުތަކެއްކަމާއި، މިވައްތަރުތަކުގެ އެކްސްޕްލޯސިވްސްގެ މަދު މިންވަރަކުން އިންސާނުންގެ ފުރާނަޔާ މުދަލަށް ބޮޑެތި ގެއްލުން ދެވިދާނެ ކަމަށް އެމްއެންޑީއެފް އީއޯޑީގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއަށް ތާއީދު ކުރާ ބަޔަކު ގޮވާތަކެތި ބޭނުން ކޮށްގެން ވަރުގަދަ ހަމަލާތަކެއް ދޭން ރާވާ ކަމުގެ މައުލޫމާތު ލިބިގެން ފެށި މި އޮޕަރޭޝަންގައި އައްޑޫ ސިޓީން 10 މީހަކާއި މާލެ އިން ދެ މީހަކު އަދި ކ. ގުރައިދޫ އިން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ އެންމެންނަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ