- Advertisement -ad image

މާފުށީގައި ހަށިވިއްކާ ކަމުގެ އެއްވެސް ހާދިސާއެއް އަދި ރެކޯރޑް ކުރެވިފައެއް ނެތް: ކައުންސިލް

ad image

ގުޅުންހުރި ލިޔުންތައް


ކ މާފުށީގައި ހަށިވިއްކުމުގެ އެއްވެސް ހާދިސާއެއް ހިނގައިގެން އެކަން ރެކޯރޑްކުރެވިފައިނުވާއިރު ހަށިވިއްކުމުގެ ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި މާފުށި ސިފަކުރުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް މާލެއަތޮޅު މާފުށީ ކައުންސިލުން ބުނެފިއެވެ.
އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ މާފުށީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މާފުށީގައި ދިރިއުޅޭ މީހުންނާއި ރަށަށް އަރާ ފައިބާ ދެ ޖިންސުގެ މީހުނަކީ ހަށި ގަނެ ވިއްކުމުގައި ހަރަކާތްތެރިވާ މީހުންކަމުގައި ދެކޭނަމަ އެއީ އެގޮތަށް ހިތަށް ތަސައްވުރު ކުރެވޭ ބައެއްގެ ހުރި އުނިކަމެއް ކަމަށެވެ.
އަދި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތައް ރާއްޖޭހެ އެކި ރަށްރަށުން އަބަދުވެސް ތަކުރާރުވަމުންދަނީ އެރަށްރަށުގައި ލޯކަލް ޓުއަރިޒަމް ހިނގާތީ ނޫން ކަމަށާއި ޒިޔާރަތް ކުރާ މީހުންގެ އަދަދު އިންތިހާއަށް ގިނަ ރަށަކުން ކުރިމަތިވެދާނެ އިޖުތިމާއީ މައްސަލަތަކަށް އިޖާބަ ދިނުމުގައި ކަމާބެހޭ ހުރިހާ އިދާރާތައް މަސައްކަތް ކުރަންޖެހޭނީ އެމާހައުލަކާ އެކަށޭނަ ގާބިލްކަން ލިބެ ތިބެގެން ކަން ގަބޫލުކުރާ ކަމަށެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ މާފުށީ ރައްޔިތުންވަނީ ރަލާ އޫރުމަހާނުލާވެސް ޓޫރިޒަމަކީ ކުރިއަށް ގެންދެވިދާނެ ވިޔަފާރިއެއްކަން މުޅިދުނިޔެއަށް ސާބިތުކޮށްދީފާ ކަމަށެވެ.
އެހެންކަމުން ކަމުގެ ވަށައިގެން ހުރި ހަގީގަތްތަކަށް ބުރަވެ އޮންނަ ނުރަނގަޅު، ރަނގަޅުކުރުމަށް ވުރެ ބޮޑަށް ސިޔާސީ ނިޔަތުގައި ކަންކަން ނަގައިގެން ސަރުކާރަށް ފާޑުކިޔުމުގެ ރޫހުގައި ތެދުވުމުގެ އާދަ ދޫކޮށް އިޖާބީ ހުށަހެޅުންތަކަށް އެކައުންސިލުން މަރުހަބާ ކިޔާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

3 ޚިޔާލު

  1. ރާއްޖެތެރޭ ރައްތަށް މިވަރައް ތަރައްޤީވާތީ އެއްބަޔަކައް ހަޖަމެއްނުވޭ.. ރަށުބަންދުން ވީއްލި އަމިއްލަ ބާރުވެރިކަމުގަ ހަމައިސްކޮޅައް ތެދުވެވޭނެ މަގު ކޮށައިދިން ވެރިކަމަކީ ނަޟީދުގެ ވެރިކަން.. ރައްރަށް ކުރިއަރައިގެން ގޮސްދާނެތީވެ ނާސިރު ވެރިކަމުގަ ދީފައޮތް ލޯކަލް ޓުއަރިޒަމް މަނާކޮއް 30 އަހަރު ކަނު އަނދިރީގަ ބަހައްޓައިގެން ވެރިކަން ކުރަމުންދަނިކޮއް ދިވެހިންގެ ނަސީބާއި ގުޅިފައވާ އެމް،ޑީ،ޕީ ގެ ވެރިކަން 2008 ގަ ފެށި މިއަދާއި ހަމައައް ހިނގަމުން މިދަނީ އެމް،ޑީ،ޕީ ގެ މިބުނި ހަރުދަނާ އުސޫލްތަށް. މިކަންކަމާ މޭކަރާ ބަޔަކު ތަފާތު ގޮތްގޮތައް މިކަންކަމުގެ އަގުވައްޓާލަން ކުރެވެންއޮތް ހުރިހާކަމެއް ކުރަމުން ދާނެތާ…

  2. ތިޔައީ ރެކޯޑްވެފަ އޮންނަންޖެހޭ އެއްޗެއްނޫން ރޯމާދުވާލު ފާޅުގަ ހިނގާ ކަންކަން ތިޔައީ. ތިޔަ ޚަބަރުން އެނގުނީ މާފުށީ ކައުންސިލުން ރާވާ އިންތިޒާމް ކޮށްގެން ހިންގާ ބޮޑު ޖަރީމާއެއް ކަން ތިޔައީ. ﷲގެ ކޯފާއަށް ބިރުވެތިވާށެވެ.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ