- Advertisement -ad image

މަރުވެފައިވާ ގިނަ އަދަދެއްގެ ދޫނިތަކެއް މާލޭ ފަޅުތެރޭގައި!

ad image

ގުޅުންހުރި ލިޔުންތައް


ގިނަ އަދަދެއްގެ ދޫނިތަކެއް މަރުވެފައި ތިއްބާ މާލޭގެ ދެކުނުފަރާތު ފަޅުތެރެއިން ފެނިއްޖެއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީ.ޕީ.އޭއިން ބުނީ، މާލޭ ދެކުނުފަރާތު ހާބަރަށް ވަންނަ ސަރަޙައްދުން މަރުވެފައި އޮއްވާ ފެނިފައިވަނީ 15 ވައްލަ ކަމަށެވެ.

އަދި ބޮޑަށް ބެލެވެނީ މިދޫނިތައް ގެންގުޅުމުގެ ތެރޭގައި މަރުވުމުން އެސަރަޙައްދު މޫދަށް އެއްލާލާފައިވާކަން ކަމަށްވެސް އީޕީއޭއިން ހާމަކުރެއެވެ.
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތުތަކެއް އިނގޭ ފަރާތެއްވާނަމަ އެކަން އީ.ޕީ.އޭއާއި ހިއްސާކޮށްދެއްވުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.
ވައްލައަކީ ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ