- Advertisement -ad image

2023ގެ ބަޖެޓްގެ އަސާސްތައް ބިނާކޮށްފައިވަނީ ރައްޔިތުން އަތުން ފައިސާ ހޯދައިގެން ސަރުކާރު ހިންގަން: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް

2023 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓްގެ އަސާސްތައް ބިނާކޮށްފައިވަނީ ދިވެހިރައްޔިތުންގެ އަތުން ފައިސާ ހޯދައިގެން ސަރުކާރުގެ ސިޔާސީ ބޭނުންތަކަށް ހަރަދު ކުރުމަށް ކަމަަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، 2023 ވަނަ އަހަރަށް ލަފާކޮށް ހުށައަޅުއްވާފައިވާ ދައުލަތުގެ ބަޖެޓަކީ ދިވެހި އިޤްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާނެ ބަޖެޓެއްކަމަށް މި ޕާލިމެންޓްރީ ގްރޫޕަށް ޤަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން މި ބަޖެޓް 36 ބިލިއަން ރުފިޔާއަށް ކުޑަކޮށް ދިވެހި އިޤްތިސާދުގެ މުހިއްމު ބައެއް ހިއްސާކުރާ ދިވެހި ޢާއްމުންގެ ބޮޑު އާބާދީއެއްކަމަށްވާ މަސްވެރިންނަށް ސީދާ މަންފާކުރާނެ ގޮތަށް 297،474،863ރ. މަސްވެރިންގެ ސަބްސިޑީއަށް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 214 މާއްދާގެ (ހ)ގެ ދަށުން އެ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕުންވާނީ ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ ރިޕޯޓަށް އިޞްލާހު ހުށައަޅާފައި ކަމަށް ބުނެފައިވެއެވެ
ރައްޔިތުންގެ މަޖިލީހުގެ ޙަޤީޤީ ޒިއްމާތައް އިސްކޮށް، ސިޔާސީ ތަޢައްސުބުން އެއްކިބާވެ، ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުށައަޅާފައިވާ އިސްލާޙުތަކަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދު ކޮށްދެއްވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެ ނޫން ބަޔާނުގައި ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ