- Advertisement -ad image

މެންބަރުން ބޮޑު ޗުއްޓީއަށް ދިޔައިރު ނިންމުނީ 53 އިންސައްތަ މަސައްކަތް

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ މިއަހަރުގެ މަސައްކަތް ނިންމައި މެންބަރުން ބޮޑު ޗުއްޓީއަށް ގޮސްފިއެވެ.
މެމްބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މަޖިލީހުގެ މިދައުރުގައި މުހިންމު މަސައްކަތްތަކެއް ނިންމުމަށްފަހުއެވެ.
ނަމަވެސް ނިންމާފައިވަނީ މަސައްކަތުގެ 53 އިންސައްތަ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެއެވެ. މަޖިލީހުގެ މިއަހަރުގެ މަސައްކަތްތަކުގެ ތެރެއިން ފަހު ދައުރުގައި މެމްބަރުން ވަނީ 43 ޖަލްސާއެއް ބާއްވައި 152 ގަޑިއިރު މަޖިލީހުގައި ހޭދަކުރައްވާފައެވެ.
މަޖިލީހުން މިދައުރުގައި ކުރި އެންމެ މުހިންމު އެއް މަސައްކަތަކީ އަންނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓް ފާސްކުރުމެވެ. މަޖިލީހުން އަންނަ އަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.
މަޖިލީހުގައި ކުރެވުނު މަސައްކަތްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރިޔާސަތުން ވިދާޅުވީ މިދައުރުގެ 43 ޖަލްސާގައި 152 ގަޑިއިރާއި 11 މިނެޓު ހޭދަކޮށްފައިވާ ކަމަށެވެ. މިއަހަރުގެ ފަހު ދައުރުގައި ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ކޮމެޓީތަކުން މަސައްކަތް ކުރި 42 ބިލުގެ ތެރެއިން 25 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. 17 ޤަރާރުގެ ތެރެއިން 6 ޤަރާރެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި 11 މައްސަލައިގެ ތެރެއިން 10 މައްސަލަ ވަނީ ނިންމާފައެވެ. ރިޔާސަތުން ހުށަހެޅި 6 މައްސަލައިގެ ތެރެއިން 4 މައްސަލަ ނިންމާފައިވާއިރު ކުއްލި މައްސަލައިގެ ގޮތުގައި ހުށަހެޅުނު 9 މައްސަލަވެސް މަޖިލީހުގެ ފަހު ދައުރުގައި ވަނީ ނިންމާފައެވެ. މެމްބަރުން ހުށަހެޅި 8 މައްސަލައިގެ ތެރެއިން 3 މައްސަލަ ނިމިފައިވާއިރު އެހެނިހެން މައްސަލަތަކާއި ގުޅޭ 10 ރިޕޯޓުގެ ތެރެއިން 5 ރިޕޯޓެއްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ