- Advertisement -ad image

ހާލުދެރަވި މަސްވެރިއެއް މާލެ ގެނައުމަށް އެމްއެންޑީއެފުން އެހީތެރިވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މަސްވެރިކަމަށް ނުކުމެ އުޅުނު “އަލިރާސްތާ-1” ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި އުމުރުން 34 އަހަރުގެ ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މާލޭގެ އިރުން 66 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިވައިވަނީ މިއަދު ހެނދުނު 07:56 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.


އަދި، ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ “އެފްއައިސީ ހަކުރާ”، އެ ދޯނި އޮތް ސަރަހައްދަށް ގޮސް، އެހީތެރިކަން ވަނީ ފޯރުކޮށްދީފައި ކަމަަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
އެގޮތުން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ “އެފްއައިސީ ހަކުރާ” ގައި ހާލު ދެރަވި މީހާ ވަނީ މިއަދު 12:35 ހާއިރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ