- Advertisement -ad image

ރާއްޖެއެތެރެ ކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ނެދަރލޭންޑްސް އިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.
މިގޮތުން 20 ނޮވެންބަރު 2022 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ޕާރްސަލްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ބާވަތެއް ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone – 304grams) އަދި ހެރޮއިން (Heroin – 1034grams) އަށް ޕޮޒިޓިވް ވެފައެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.34 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ސާޅީސް ނުވަހާސް ރުފިޔާއަށް އަރާނެ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ސުވާލަކީ
    ތިއައެއްޗިހި މަގުމަތީގެ އަގު ކަޑައަޅަނީ ކޮންބައެއް ތިއަ މަގުމަތީގެ އަގު ކްޑައަޅާ ބަޔަކަށް މިގުމަތީގެ އަގު ވަރަށްބޮޑަށް އެބަ އެގޭ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ