- Advertisement -ad image

މީހުންނަށް ދައްކަންޖެހި ނުދައްކާ އެންމެގިނަ ފައިސާ ހުރީ ދައުލަތުގައި: އަލީ ހުސެއިން

ad image

ގުޅުންހުރި ލިޔުންތައް


މީހުންނަށް ދައްކަންޖެހި ނުދައްކާ އެންމެގިނަ ފައިސާ ހުރީ ދައުލަތުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ހޯދައި ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ފެށުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަލީ ހުސެއިން ވަނީ، ދައުލަތުން މީހުންލައްވާ މަސައްކަތް ކުރުވާފަ ނޫނީ މުދާ ގަނެފަ ދައްކަންޖެހޭ ފައިސާ ނުދައްކާ 8 މަސް ނުވަތަ ދޮޅު އަހަރު ވީމާ އަދަބު ކަނޑައަޅާ ޖަލައްލާނީ ކާކުތޯ ސުވާލުކުރައްވާފައެވެ.

ޕީޖީ އޮފީހުން ބުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ޝަރީޢަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައި, ޙުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެގޮތުން ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މަޢުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދައި, ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މަޢުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕީޖީ އޮފީހުން ހާމަކުރެއެވެ.
މިރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޓެކުހުގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާއާއި އޭގެ ޖޫރިމާއަށް 2.1 ބިލިއަން ރުފިޔާ ދައުލަތަށް ނުލިބިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ