- Advertisement -ad image

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ 3 ބޯޓު އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ 3 މަސްބޯޓެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ އަތުލައިގަތް ސްރީލަންކާގެ 3 މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި ތިންބޯޓާއި ގުޅޭ އިތުރު މައުލޫމާތު އެއިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަމަހުގެ ވިހި ވަނަ ދުވަހު ކ ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ފޯރުކޮށްދިނީ “އަސަރީ” ނަމަކަށް ކިޔާ ދޯންޏަކުންނެވެ.
އަދި، އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ “އެފްއައިސީ ހަކުރާ” އެ ސަރަޙައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ