- Advertisement -ad image

މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ބޯޓުތަކުން ވަނީ ގިނަ އަދަދެއްގެ މިޔަރު ބާނާފައި: އެމްއެންޑީއެފް

ad image

ގުޅުންހުރި ލިޔުންތައް


ޤާނޫނާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި ސްރީލަންކާގެ ތިން މަސް ބޯޓް، މާލެ ގެނަައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މި ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިންނެވެ. މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދެ ބޯޓެއް، ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހުއެވެ. ސްރީލަންކާގެ މި ދެ ބޯޓަކީ “ބަނޫޒަން” ނަމަކަށް ކިޔާ ބޯޓަކާއި “ރަތު 01” ނަމަކަށް ކިޔާ ބޯޓެކެވެ. މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިއްބެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެންދިޔަ ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ “ލަކްޕްވިޔާ ދެނެތު” ނަމަކަށް ކިޔާ މަސް ބޯޓެކެވެ. ހަތް ފަޅުވެރިންނާއެކު ރާއްޖޭގެ ސަރަހައްދުން ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ޑިސެންބަރު 1 ވަނަ ދުވަހުއެވެ.

މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރިއިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުރި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ބޯޓްތައް ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1 ޖަހާކަންހާއިރު ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ