- Advertisement -ad image

ވެރިފަރާތައް ނޭންގި އެހެން އެކައުންޓަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ޓްރާންސްފަރ ކޮށްފައިވާ މައްސަލައެއްގައި އަންހެނަކު ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެހެން ފަރާތެއްގެ އެކައުންޓަށް 180،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ބުނީ އެހެން ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ.

ފުލުހުން ބުނީ މި އަންހެންމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭކަމަށެވެ.

ފުލުހުން ވަނީ މި އަންހެންމީހާގެ ވީޑިއޯއެއް އާއްމުކޮށް މި މީހާ ހޯދުމަށް އާއްމުންގެ އެހީއަށް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ