- Advertisement -ad image

ޓައިޓޭނިކްގެ އައު އެޕިސޯޑެއް. އެކަމަކު މިފަހަރު ކޭޓާއި ލިއަނާރޑޯއެއް ނޫން!

ad image

ގުޅުންހުރި ލިޔުންތައް

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކޯސްޓް ގާޑު އުޅަނދެއްގައި “ޓައިޓޭނިކް “ ގެ މަންޒަރު ކުޅުއްވާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
މި ވީޑިއޯގާ ފެންނަ ގޮތުން މަޝްހޫރު ހޮލީވުޑް ފިލްމް ޓައިޓޭނިކްގައި ލިއަނާޑޯ ޑީކެޕްރިއޯ އަދި ކޭޓް ވިންސްލެޓް އެ ބޯޓުގެ ދިރުނބާކޮޅުގައި ދެއަށް ދަމާލައިގެން ތިބޭ ގޮތަށް މިނިސްޓަރ މާރިޔާ ހުއްޓިގެން ހުންނަވާ ތަން ފެނެއެވެ.

ސޯޝަލްމީޑިއާގައި ގިނަ ބަޔަކު މި ވީޑިއޯއަށް ނުރުހުން ފާޅުކޮށް ކޮމެންޓް ކުރަމުންދާއިރު މިނިސްޓަރ މާރިޔާގެ އަމިއްލަފުޅު އާއިލީ ކަންކަމުގައި ކޯސްޓްގާޑްގެ އުޅަނދުތައް ބޭނުން ކުރެވޭތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލުކުރަމުންނެވެ.

“ މިވެސް ޒީރޯ ޓޮލަރެންސްގެ މިސާލެއް. އެއްޗެކޭ ބުންޏަސް ބުނާނެ ތަރައްގީ އަށް ޖެލަސްވަނީއޭ. ހަޖަމު ނުވަނީއޭ” އާއްމު ފަރާތަކުން މިވީޑިއޯއަށް ލިޔެފައިވާ ކޮމެންޓެއްގައިވެއެވެ.

މިނިސްޓަރ މާރިޔާ ފާހަގަކުރެވިފައިވަނީ ލަވަކިޔުމާ މިފާޑުގެ މުނިފޫހިފިލުވުމުގެ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކަނބަލެއްގެ ގޮތުގައެވެ. އެގޮތުން މީގެ ކުރިން އެކަމަނާ ލަވަ ވިދާޅުވި ވީޑިއޯއެއްވެސް ވަރަށް މަޝްހޫރުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ