- Advertisement -ad image

އާއްމުތަންތަނާއި މަގުތަކުން ކުނިނެގުން ކައުންސިލަށް، ގޭގެއިން ކުނި ނެގުން ވެމްކޯއަށް

ad image

ގުޅުންހުރި ލިޔުންތައް

މާލޭ ސަރަހްދުގެ މަގުތަކާއި އާއްމުތަންތަނުގައި ހުންނަ ކުނި ސީދާ މާލެ ސިޓީކައުންސިލުގެ ބެލުމުގެ ދަށުން ނަގަން ފެށުމަށް އެ ކައުންސިލުން ފާސްކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ފާސްކުރީ މިމަހުގެ 26 އިން ފެށިގެން މާލެއާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނިނެގުމަށެވެ.
މިހާރު މިމަސައްކަތް ކުރަނީ ވެމްކޯ އައުޓު ސޯސްކޮށްގެން ނަމަވެސް މި މަސައްކަތަކީ ލާމަރުކަޒީ ގާނޫނުން ކައުންސިލުގެ ޒިންމާއެކެވެ.
އެހެންކަމުން މި މަހުގެ 26 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތަކާއި އާންމު ތަންތަނާއި ހުސްބިންތަކާ ޕާކިން ޒޯންތަކާއި މާރުކޭޓުތަކާއި ބާޒާރު މަތި ކުނިނަގައި ކުނި ކަހައި ކުނި އުކާލުން އަދި ބަނދަރުތަކާއި ފަޅުތެރެއިން ކުނި ނެގުމާއި އުކާލުމުގެ މަސައްކަތް ކުރާނީ ސިޓީ ކައުންސިލުން އަމިއްލައަށެވެ.

ސިޓީ ކައުންސިލުން ބުނީ މިމަސައްކަތް ކުރާނީ މާލެ އޭރިއާ 16 ޒޯނަކަށް އަދި ވިލިމާލެ ހަތަރު ޒޯނަކަށް ބަހާލައިގެން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ