- Advertisement -ad image

އީދު ބަންދަށް 9 ދުވަސް ލިބޭގޮތަށް، ޖޫން މަހުގެ އިތުރު ދެ ދުވަސް ސަރުކާރު ބަންދު

ad image

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ބޮޑު އީދު ބަންދަށް 9 ދުވަސް ލިބޭގޮތަށް ޖޫން މަހުގެ 25 އަދި 26 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހަމަޖައްސަވައިފިއެވެ.
އެގޮތުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ސާލިހު، 2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައިފައިވާ ކަމަށެވެ.
އެގޮތުން ބަންދުކުރައްވާފައިވާ ދުވަސްތަކަކީ:
25 ޖޫން 2023 (އާދިއްތަ)
26 ޖޫން 2023 (ހޯމަ)
28 ސެޕްޓެންބަރު 2023 (ބުރާސްފަތި)

ޖޫން މަހުގެ 25 އަދި 26 ވަނަ ދުވަސް ބަންދުކޮށްފައި ވަނީ އެ މަހުގެ 27 ވަނަ ދުވަހަކީ ހައްޖު ދުވަސް ކަމަށްވެފައި 28 ވަނަ ދުވަހަކީ އަލްހާ އީދު ދުވަސް ކަމުން އޭގެ ކުރީގެ ދެ ދުވަހަކީ އެ ހަފްތާގެ ސަރުކާރު ބަންދު ނޫން ހަމައެކަނި ދެ ދުވަސް ކަމަށް ވާތީއެވެ.

މީގެ އިތުރުން ސެޕްޓެމްބަރު 28 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރަސޫލާގެ އީދުމީލާދު ދުވަސް ކަމަށް ވާތީއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ