- Advertisement -ad image

ތަގުވާގެ ފޭރާމުން ޒީނަތްތެރިވެ އެއިން ކޮއްތު ލިބިގެންފި މީހާއަކީ ހުރިހާ ހެޔޮކަމެއް ލިބިގެންފި މީހެކެ: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


ތަގުވާއަކީ މީހާ ނުބައިކަމުގެ މަގުން ދުރުކޮށްހެޔޮކަމުގެ މަގުގައި ސާބިކުރާ އެންމެ ވަރުގަދަ ބާރު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ އިސްލާމްދީނަކީ އެކުވެރިކަމުގެ ދީން “ މިއެވެ.

ތަގުވާގެ ފޭރާމުން ޒީނަތްތެރިވެ އެއިން ކޮއްތު ލިބިގެންފިމީހާއަކީ ހުރިހާ ހެޔޮކަމެއް ލިބިގެންފި މީހެކެވެ. އިސްލާމީ އަހުވަންތަ ކަމަކީ ނުވަތަ އެކުވެރިކަމަކީ ވަރަށް މަތިވެރި މާތް ލަނޑުދަނޑިތަކެއް ހިމެނޭ ކަމެކެވެ.
ދީނީ މުހިންމު މަގުސަދުތަކެއް ހިމެނޭ ކަމެކެވެ. މީގެތެރެއިން އެންމެ މުހިންމު ކަމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް ހެއުކަންކަމުގައި ވާގިވެރިވުމެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީނަކީ އެއްބައިވަންތަ ކަމަށް ގޮވާލާދީން ކަމަށެވެ. އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ ރަހުމު ކުރުމަށް ގޮވާލާދީނެވެ. ދަތި އުދަނގޫ ކަމެއް ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ އެކަކު އަނެކަކަށް އެހީތެރިވުމަށް ގޮވާލާ ދީނެވެ. އެކަކު އަނެކެއްގެ ހައްގުތަކަށް ރައްކާތެރިވުމަށް އަމުރުކުރާ ދީނެވެ.
އެކަކު އަނެކެއްގެ މުދަލާ އަބުރަށް ރައްކާތެރިވުމަަށް އަމުރުކުރާ ދީނެވެ. ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ބަދަހި ކުރުމަށް އަމުރުކުރާ ދީނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ