- Advertisement -ad image

ނިޝާމާގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ހދ ނޮޅިވަރަމްގައި އަންހެނަކު މަރާލާފައި އޮއްވާ މިއަދު ފެނުނު މައްސަލާގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ހދ ނޮޅިވަރަމް ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދުގެ ހަށިގަނޑު މިހާރު ވަނީ ހދ ކުޅުދުއްފުއްޓަށް ގެންގޮސްފައި ކަމަށެވެ.
އަދި ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
މިމައްސަލައާ ގުޅިގެން އދ ފެންފުށީ ރޯސީވިލާ އަބޫބަކުރު ފައިސަލް ކޯޓުއަމުރެއްގެ ދަށުން މިރޭ ވަނީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ނިޝާމާގެ ހަށިގަނޑު ޕޯސްމޯޓަމް ހެދުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

ފުލުހުން ކުރިން ބުނީ ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ މައުލޫމާތު ލިބުމާއެކު ފުލުހުން ސީންއަށް ގޮސްފައިވާ ކަމަށާއި ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
މަރާލައިފާ ވަނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުކުހުން ހާމަކުރެއެވެ.
އަދި އެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ