- Advertisement -ad image

ނިޝާމާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ad image

ގުޅުންހުރި ލިޔުންތައް


ހދ ނޮޅިވަރަމްގައި އަންހެނަކު މަރާލަަފައި އޮތްވާ ފެނުނު މައްސަލާގައި ހައްޔަރު ކުރި އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ފުލުހުން ބުނީ ނިޝާމާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްދީފައިވާ ކަމަށެވެ.
ހދ ނޮޅިވަރަމްގައި އަންހެނަކު މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރެއެވެ.
ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކުރީ ޑިސެމްބަރު 10 ވަނަ ދުވަހުގެ މެންދުރު 12:30 ހާއިރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ