- Advertisement -ad image

ނިޝާމާގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައި ހުރި ފައިސަލް ދަންޖެހެން މަސައްކަތް ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ހދ ނޮޅިވަރަމްގައި މަރާލާފައި އޮތްވާ ފެނުނު ނިޝާމާގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައި ހުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ދަންޖެހެން މަސައްކަތްކޮށްފިއެވެ.
ފުލުހުން ބުނީ ނިޝާމާ މުހައްމަދުގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވާ އަބޫބަކުރު ފައިސަލް ބަންދުކޮށްފައި ހުރި ތަނުގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް މިރޭ 23:15 އެހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.
އަދި މިވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އަބޫބަކުރު ފައިސަލްއަށް ދަނީ ފަރުވާދެމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އެޗްއާރުސީއެމް އަދި އެންއައިސީ އަށް ހުށަހަޅައިގެން ދަނީ ބަލަމުން ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ނިޝާމާގެ މަރާ ގުޅިގެން ފައިސަލް ހައްޔަރުކޮށް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އަމިއްލައަށް މަރުވީމާ މަރުވާ ވާހަކަ ދައްކަނީ… ހަޤީޤަތަކީ ދިވެހިރާއްޖޭގައި މީހަކު ކުށެއްގެ ތުހުމަތަށް ބަންދުކުރެވޭއިރަށް އެމީހަކީ ކުށްވެރިއަކަށް ހަދާ… ދެން ހެޔޮ އެމީހަކު އަސްލު އެކަން ނުކޮށް އޮވެގެން ޝަރީއަތުން ސަލާމަތްވިއަސް އެމީހަކަށް ސަލާމަތެއް ނެތް. ފާޑުފާޑުގެ މީމްސް އާއި ޕޯސްޓުހަދާ އެމީހަކަށް ގަނާކުރުމުގައި މުޅި ހަތަރުދަން ދުއްވާލަނީ… މިސާލަކަށް އަލަމްގިރި މައްސަލަ… އޭނާ އެވަނީ އޭނާގެ ކުށަށް އިއުތިރާފްވެ އަދަބު ލިބިގަނެ ތައުބާވެ މާފަށް އެދިފައި. އޭނާގެ ކުށަކީ މާތްﷲ އާއި އޭނާއާ ދެމެދު އޮތް ކުށެއް. އޭނާގެ ތައުބާ ޤަބޫލުކުރަައްވާނީ އެކަލާންގެ. ނަމަވެސް އަދިވެސް އެމައްސައިގައި އޭނާޔާ އެކަމުގައި އުޅުނު އެންމެން ހަވަރަށް ދިނުމެއް ނުހުއްޓާ. ދެން އޭނާ ދަންޖެހި މަރުވާއިިރަށް ކިޔަންފަށާނެ ކުފުރުމަރެކޭ. ޢޭނޫންގޮތެއް ނުދެއްކީމާ ވާނީ އެެހެން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ