- Advertisement -ad image

ފުލުހުން ނޮޅިވަރަންފަރު ސަހަރާ ބަލާފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ނޮޅިވަރަންފަރު ސަހަރާ ބަލާފާސްކޮށްފިއެވެ.
ފުލުހުން ބުނީ އެއިދާރާއަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ރޭ ނޮޅިވަރަމްފަރު ސަރަހާ ބަލައި ފާސްކޮށްފައިވާކަމަށެވެ. ނަމަވެސް ސަހަރާ ބަލައި ފާސްކުރި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ބުނީ އެރަށު ސަހަރާ ބަލާ ފާސްކުރީ ނޮޅިވަރަންފަރު ކައުންސިލާ އެ މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމަށެވެ.
ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ނޮޅިވަރަމްފަރު ކައުންސިލް ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ ރޭ ފުލުހުންނާއި އާންމުގެ ބަޔަކާއި ގުޅިގެން އެރަށު ސަރަހާކޮނެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ސަހަރާއަކީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތްތަނެއް ނަމަވެސް ސަރަހާ ބަލާ ފާސްކުރުމުގައި ކައުންސިލްގެ ހުއްދައެއް ހޯދާފައި ނުވާކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ