- Advertisement -ad image

އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތްތަކުގެ އަގުބޮޑުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އޭޑީކޭ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ އަގުބޮޑުކޮށްފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާއި ގުޅިގެން، އިންފްލޭޝަން ރޭޓު މަތިވެ މުދަލާ ހިދުމަތުގެ އަގުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނީ ބޮޑުވެފައި ކަމަށެވެ.
އެގޮތުން އޭޑީކޭ ހޮސްޕިޓަލުގެ ހިންގުމުގެ ހަރަދުތައްވެސް އެތައް ގުނައެއް ބޮޑުވެގެން ދިއުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްފޯރުކޮށްދިނުމަށްޓަކައި އެ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތަކުގެ އަގުތައް 15 ޑިސެމްބަރުން ފެށިގެން ބޮޑުކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.

އަދި ވީހާވެސް ލުއިގޮތަކަށް މިބަދަލު ގެނައުމަށްޓަކައި ހޮސްޕިޓަލުން ދޭ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރެއެވެ.
އަގުތަކަށް އައި ބަދަލުތައް އެ ހޮސްޕިޓަލުގެ ކައުންޓަރުތަކުން ލިބޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ބިންހޯދުމައް އައްފާލު ހެއްދެވި އެގުރިމެންޓްވެސް ނުބައްލަވަންތޯ ހެއޮއަގުގާ ސިއްޙީ ޙިދުމަތް ފޯރުކޮއްދެއްވުމައް ސަރުތު ކުރައްވާފައެއް ނުވޭތޯ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ