- Advertisement -ad image

ފައިސަލް ދަންޖެހުނު މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްތޯ ބަލަން މަޖިލީހަށް

ad image

ގުޅުންހުރި ލިޔުންތައް


ހދ ނޮޅިވަރަމް ނިޝާމާގެ މަރުގެ މައްސަލާގައި ހައްޔަރު ކުރި އަބޫބަކުރު ފައިސަލް ދަންޖެހެން މަސައްކަތްކޮށްފައިވާތީ މިކަމުގެ ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން މަޖިލީހަށް ހުށަހަޅައިފިއެވެ.
މިމައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވަނީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ.
ސިޓީގައި ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.
އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ދަންޖެހޭއިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއްކަމަށްވެސް އާދަމްޝަރީފު ފާހަގަކުރެއްވިއެވެ.
ފައިސަލަށް ކުރެވޭ ތުހުމަތުތަކަށާއި އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު އެފަދަ މީހަކު ބަންދުގައި ބަހައްޓާއިރު އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާކަން ފާހަގަކުރައްވާ އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރުވެސް ކުޑަވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ