- Advertisement -ad image

އިންތިހާބު ހިނގުމުގެ ކުރިން މިލިޓަރީ ދެއްކުމަކީ އެދެވޭ ކަމެއް ނޫން: އިންތި

ad image

ގުޅުންހުރި ލިޔުންތައް


އިންތިހާބަކާ ގުޅުވައިގެން، އިންތިހާބު ހިނގުމުގެ ވެސް ކުރިން، މިލިޓަރީ ދެއްކުމަކީ އެދެވޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި މިގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބު 2023 އަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އަންގާރަ ދުވަހު ޑިފެންސް މިނިސްޓަރާއި ބައްދަލުކޮށް ފޮޓޯ އާއްމުކުރުމާއި ގުޅިގެންނެވެ.
އިންތި ވިދާޅުވީ، އިލެކްޝަންސް ކޮނިޝަނާ މިނިސްޓްރީ އޮފް ޑިފެންސްގެ ބޭފުޅުން ބައްދަލު ކުރެއްވި ފޮޓޯއިން ފެންނަނީ އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށްފައި އިންކަހަލަގޮތަކަށް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިޚާބު 2023 އަށް ތައްޔާރުވުމުގެ ގޮތުގެ ފުރިހަމަކުރަންޖެހޭ ބައެއް އިންތިޒާމުތަކާ ގުޅޭގޮތުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާކު އަންގާރަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ