އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުކުރު ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
އެގޮތުން “ފެލާލައިފި” ނަމުގައި ބާއްވާ މި ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައެވެ.
މިޖަލްސާ ބާއްވަން ނިންމީ ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާތީ އާއި 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުން ނުދާތީ ކަމަށް އިދިކޮޅުން ހާމަކުރެއެވެ.
އިދިކޮޅުގެ މިޖަލްސާއަކީ ގިނަ ދުވަސްތަކަކަށް ފަހު ބާއްވާ ފުރަތަމަ ބޮޑު ޖަލްސާއެވެ. އެންމެ ފަހުން އިދިކޮޅުން ބޮޑު ޖަލްސާއެއް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓް ރައީސް އަބްދުالله ޔާމީނަށް ހަވާލުކުރަން އޮގަސްޓް މަހުގެ ތެރޭގައެވެ.