- Advertisement -ad image

އިންޑިއާ މެދުވެރިކޮށް ސަރުކާރުން ނަގަމުންދާ ލޯނުތަކުގެ ތަފްސީލު ރާއްޖޭގެ ގަވަރުނަރަށް ވެސް ނޭނގޭ: އިދިކޮޅު

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުން ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނެ އައިސް ތިބެ، އެމްޑީޕީ ކޯލިޝަން ސަރުކާރުން ވަކި ގައުމަށް ބަރޯސާވެ ނަގަމުންދާ ލޯނުތަކުގެ ތަފްސީލު ދިވެހިރާއްޖޭގެ ގަވަރުނަރުއަށްވެސް ނޭނގޭ ކަމަށާ އެއީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ސަރުކާރާ ވާދަވެރި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ހާމަކޮށްފިއެވެ.

ގައުމުގެ އިގްތިސޯދީ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ގަވަރުނަރު އަލީ ޙަޝިމްއާ ހިއްސާ ކުރައްވަން އިދިކޮޅުން ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލީޝަންގައި ހިމެނޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމު އަބްދުﷲ ވިދާޅުވީ، ގަވަރުނަރު އާ ބައްދަުކުރުމަސް އެދިވަޑައިގެންނެވުމުން ދެއްވި ވަގުތު ނުހަނު ކުޑަކަމަށާ ނަމަވެސް އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ހާމަވެގެން ދިޔައީ ބިރުވެރި ރަނގަބީލެއްގެ އަޑުތައް ކަމަށެވެ.

އެގޮތުން ގައުމުގެ ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، އަސާސީ މުދާ ގަންނަން ބޭނުންވާ މިންވަރަށް ބޭރު ފައިސާ ނެތުމުގެ ކަންބޮޑުވުން އޮއްވާ ބޭރުތެރެއިން އެކަންކަމާ ގުޅޭ ގޮތުން އިވެމުންދާ އަޑުތަކަކީ ހަގީގީ އަޑުތަކެއްކަން މިއަދުގެ ބައްދަލުވުމުން ކަށަވަަރުވެގެން ގޮސްފައިވާ ކަމަށް އަބްދުއްރަހީމު ވަނީ ވިދާޅުވެފައެވެ.

“މިތަނުގައި ހޭދަކުރި ވަގުތުކޮޅަށްފަހު މި ނިކުންނަނީ އައިއިރަށްވުރެ ގިނަ ކަންބޮޑުވުންތަކާއެކު. އެއީ އަޅުގަނޑުމެންނަށް ބޭރު ތެރެއިން އިވޭ އަޑުތަކަކީ ހަގީގީ އަޑުތަކެއްކަން މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެނގިގެން ދިއުމުން. އެއަށް ވުރެ ބޮޑަށް ކަންބޮޑުވާން ޖެހެނީ އިންޑިއާއިން މި ނަގާ ލޯނުތަކުެގ އިންޓަރެސްޓު ރޭޓެއް އެއްވެސް އެއްޗެއް ގަވަރުނަރުއަށްވެސް ހުދު އެނގިވަޑައިނުގަންނަވާތީ. ގައުމުގެ ސެންޓްރަލް ބޭންކަށް، ސަރުކާރުން ހިންގާ ފައިސާގެ މިފަދަ މުއާމަލާތްތައް ނޭނގުމަކީ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއް” އަބްދުއްރަހީމު ވިދާޅުވިއެވެ.

މާލީ ހާލަތު އޮތް ގޮތާމެދު ގަވަރުނަރު ވިދާޅުވީ ކުރިއަށް އޮތް 20 ވަރަކަށް ދުވަހު ހިފަހައްޓައިލެވިދާނެކަމަށް ކަމަށާއި، މިހާރު ފާސްކޮށްފައިވާ 2023 ވަނަ އަހަރުގެ ބަޖެޓާމެދު އެމްއެމްއޭއިން ހިއްސާކުރި ކަންބޮޑުވުންތަކަށް ބަޖެޓު ފާސްކުރުމުގައި ރިއާޔަތްކޮށްފައިނުވާކަމަށްވެސް އޭނާ ވިދާޅުވިކަމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ