- Advertisement -ad image

ރައީސްގެ ގަތަރު ދަތުރުފުޅު: އަމީރުގެ ދައުވަތަކަށް ވަޑައިގެންނެވިއިރު، މާލެވަޑައިގަތީ އަމީރާ ބައްދަލުނުކޮށް!

ad image

ގުޅުންހުރި ލިޔުންތައް

ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީގެ ދައުވަތަކަށް ކަމަށް ވިދާޅުވެ ވޯލްޑްކަޕް ބައްލަވާލައްވަން ވަޑައިގެންނެވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެނބުރިވަޑައިގެންނެވީ އަމީރުއާއި ބައްދަލުނުކުރައްވާކަން ހާމަވެއްޖެއެވެ.

ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ކަމަށްބުނެ ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

މި ދަތުރުފުޅަކީ ގަތަރުގެ އަމީރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެއް ކަމަށާ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮންނަ ގާތްގުޅުން ރަމްޒުކޮށްދޭ މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނަމަވެސް މި ދަތުރުޅުގައި ރައީސް ސޯލިހު ގަތަރުގެ އަމީރާ ބައްދަލުކުރައްވާފައި ނުވާކަން ވަނީ ހާމަވެފައެވެ. އަދި ގަތަރު ސަރުކާރުގެ އެއްވެސް އިސްވެރިޔަކާވެސް ބައްދަލުކުރައްވާފައިނުވެއެވެ.

އެގޮތުން ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ ޤަޠަރު ކުންފުންޏެއްކަމަށްވާ އުރީދޫގެ މައި މަރުޒަކަށް ޒިޔާރަތްކުރައްވައި އެ ކުންފުނީގެ ވެރިންނާ ބައްދަލުކުރެއްވިކަން ފިޔަވައި އިތުރުކަމެއްރައީސް އޮފީހުން ހާމަކޮށްފައިނުވެއެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހުއާ އެކު ބޮޑޫ ވަފްދެއް ދަތުު ކުރެއްވިއިރު އެހުރިހާ ފަރާތްތަކުންވެސް ކުރެއްވިހާ ވެސް ކަމަކީ ވޯލްޑު ކަޕްގެ ސެމީ ފައިނަލް މެޗުތައް ބަލާލުމެވެ.

އެހެންކަމުން ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްކަމަށް ވިދާޅުވެ ދައުލަތުގެ ފައިސާއިން 4 މިލިއަންއަށް ވުރެ ގިނަ ފައިސާ ހަރަދުކުރެއްވުމަށްފަހު ކުރެއްވި މި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެކޭ ބުނެވޭނެ ޖާގަ އޮތްކަން ފާހަގަކޮށްލެެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ